ނ. މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
މާފަރުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ދަށުން މާފަރުގައި ފެން ޕްލާންޓް ބަހައްޓައި، ފެސިލިޓީ ބިލްޑިން އިމާރާތްކޮށް ފެން ރައްކާކުރުމަށް ތާންގި ވަނީ ބަހައްޓާފައެވެ.
އަދި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
ހަމައެހެންމެ މި މަޝްރޫޢުގެ ދަށުން ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ގާއިމްކޮށް، ސީ އައުޓް ފޯލް އާއި ރިޖެކްޓް ލައިން ވަނީ އަޅާފައެވެ.
މީގެ އިތުރުން މާފަރުގެ ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށްދީފައެވެ.



