އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ސިޓީގެ ބޮޑު ސަރަހައްދަކަށް ކަރަންޓުގެ ޚިދުމަތްދީފިއެވެ.
އައްޑޫ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ ކަރަންޓު ކެނޑުނީ ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ވަގުތު އައްޑޫގެ 6 ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް ފެނަކައިން ހާމަކުރެއެވެ.




