ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ ސައުތު ޕޮލިސް (ގއ,ގދ,އައްޑޫ ސިޓީ) ހިމެނޭ ރަށެއްގަ އެވެ.
މި މަހުގެ 18 ވަނަ ދުވަހު ފުލުހުން ބުނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށާއި އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
އެގޮތުން އެ މައްސަލަ އެ ރަށުގެ ޕޮލިހާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުުުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



