ނ. ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ.
ކެނދިކުޅުދޫގެ ސްކޫލް ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ދެ ބަސް އެ ރަށަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގައެވެ.
އެ ރަށުގައި މި ހިދުމަތް ކުރިއަށްގެންދަނީ އެމްޓީސީސީގެ ފަރާތުންނެވެ.
ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ރައީސް މުޢިއްޒު ފައްޓަވާދެއްވާފައި މިވަނީ ނ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެރަށަށް ވަޑައިގެންނެވެ. މިއީ އެމަނިކުފާނު މިއަދު ވަޑައިގެންނެވި ތިންވަނަ ރަށެވެ.
ރައީސްގެ މިދަތުރުފުޅުގައި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.




