ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެ އަތޮޅު މަނަދޫގައި މިއަދު އަޅައިފިއެވެ.
އެ ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް އާއި އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރ (ރިޓަޔަރޑް) ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީ އެވެ.
މި ހޮސްޕިޓަލު އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އާއެވެ.
ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަނަދޫއަށް އެމަނިކުފާނު ވަޑައިގެންފައިވަނީ ނ. އަތޮޅުގެ 13 ރަށަކަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.



