ނ. ލަންދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރީކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް އެންޑް ފިޓަނަސް މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ.
ލަންދޫގައި އަލަށް އިމާރާތް ކުރާ ފިޓްނަސް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު އޮތީ ނ. އަތޮޅުގެ 13 ރަށަކަށް ރައީސް މުޢިއްޒު އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ލަންދޫގައި ވެސް ފިޓްނަސް ސެންޓަރެއް ގާއިމްކުރުމަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފިޓްނަސް ސެންޓަރެއް ގާއިމް ކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދެވުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.



