އިންސާނީ ވަގުފާރިއާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރަން ވޯކް ޝޮޕެއް ފަށައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެންޓި ހިއުމަން ޓްރެފިކިންގ އިން ޕާރސަންސް އޮފީހުން 2025 ޖުލައި 22ން 23ށް ކުރިއަށްގެންދާ ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން މިއަދު ފަށާފައިވާ ކަމަށެވެ.
މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު އެވެ.
މި ބައްްދަލުކުރެއްވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނީ ވަގުފާރިއަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
އަދި މިއީ ހަމައެކަނި ޖިނާއީ މައްސަލައެއް ނޫން ކަމަށާއި އެއީ އަސާސީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމެއް ކަމަށްވެސް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީން ބުނީ މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން، އިންސާނީ ވަގުފާރީގެ މައްސަލަތައް މަދުކުރެވި އެކަމަށް ދާއިމީ ހައްލެއް ގެނެވިގެންދާނެ ކަމަށެވެ.




