ނ. ފޮއްދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެރަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާންއެވެ.
ފޮއްދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ނ. އަތޮޅުގެ 13 ރަށަކަށް މިދިޔަ އާދީއްތަ ދުވަހު ހެނދުނު ފެއްޓެވި ރަސްމީ ދަތުރުފުޅެކެވެ.
ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމަށް ރައީސް މުޢިއްޒު ފެއްޓެވި މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލަރުންނާއި އަތޮޅު ކުރިއަރުވާ މެންބަރުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަސައްކަތްތަށް ފައްޓަވައި ދެއްވުނާއި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކެވުންވެސް ހިމެނެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވާނީ މާދަމާއެވެ.



