ހިޔާގެ ބައެއް ޓަވަރުތަކުން މިރޭ ދަންވަރު ފެން ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުރިން ހަމަޖެހިފައިވާ މެއިންޓެނަންސް މަސައްކަތެއް ޝެޑިއުލްކޮށްފައިވާތީ މަރާމާތު މަސައްކަތްތަކެއް ކުރުމަށް މިރޭ ދަންވަރުގެ ބައެއް ގަޑިތަކުގައި ހިޔާގެ 3 ޓަވަރަކުން ފެންކެނޑޭނެ ކަމަށެވެ.
އެގޮތުން އެމްޑަބްލިޔުއެސްސީން ބުނީ ހިޔާ ޓަވަރު 2ގެ ( 8 ވަނަ ފަންގިފިލާ އިން 16 އަށް) – 00:30 އިން 01:00 އަށް ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އަދި ހިޔާ ޓަވަރު 7ގެ (ގްރައުންޑް ފްލޯއިން 24 ވަނަ ފަންގިފިލާއަށް) – 02:30 އިން 04:00 އަށް ފެނުގެ ޚިދުމަތް މެދު ކެނޑޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން ހިޔާ ޓަވަރު 15ގެ (ގްރައުންޑް ފްލޯއިން 8 އަދި 16 އިން 24 އަށް) – 01:00 އިން 02:30 އަށް ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އެ ކުންފުނިން ވަނީ ފެނުގެ ޚިދުމަތް މެދެ ކެނޑޭ ވަގުތު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.




