ސްކޫލްތަކުގެ ފުރަތަމަ ޓަރމްގެ ކިޔެވުން ނިމި، މިއަދު ރިޕޯޓް ފޮތްދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް ގޮސްފިއެވެ.
މިއަހަރުގެ ދިރާސީ އައު އަހަރު ފެށިފައިވަނީ އޭޕްރިލް މަހުގެ 7ވަނަ ދުވަހުގައެވެ. އަދި ދިރާސީ އައު އަހަރުގެ ފުރަތަމަ ޓަރމްގެ ކިޔެވުން ނިމި، މިއަދު ވަނީ ރިޕޯޓް ފޯމު ދީފައެވެ.
ދިރާސީ ކަލަންޑަރުން ދައްކާ ގޮތުގައި މިއަދުން ފެށިގެން 16 ދުވަހުގެ ޗުއްޓީއަކަށް ގޮސްފައިވާއިރު، ދެން ސްކޫލްތަކުގެ ކިޔެވުން ފެށޭނީ އަންނަ އަޮގަސްޓް މަހުގެ 10ވަނަ ދުވަހުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި މި އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހައި ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭން 11،000 އެއްހައި ޓީޗަރުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރެއިން، 10،000 އެއްހައި ޓީޗަރުން މަސައްކަތްކުރަނީ ސަރުކާރު ސްކޫލުތަކުގައެވެ.




