އައިޖީއެމްއެޗްގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރަން އެ ވޯކްވޭ ސަރަހައްދު ހިމެނޭހެން، އޯޕީޑީ ގޭޓު ވަގުތީ ގޮތުން ބަންދު ކުރަން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިރޭ 9:00 އިން އަންނަ ހޮނިހިރު ދުވަހުގެ ދަންވަރު 3:00 ވަންދެން އެ ސަރަހައްދު ބަންދުވާނެ ކަމަށެވެ.
އައިޖީއެމްއެޗްގެ ގޭޓު 1 އާންމުންނަށް ބަންދު ކުރަން ނިންމާފައިވާއިރު ހޮސްޕިޓަލަށް ވަނުމަށް ދެން ބޭނުން ކުރެވޭނީ އިމަޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރި ގޭޓު ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޑައިލިސިސް ސެންޓަރަށްދާ މީހުން، އެމްއާރްއައި ސެންޓަރަށް ވަދެވޭ ވޯކްވޭ ބޭނުންކުރަން ވެސް އައިޖީއެމްއެޗުން ވަނީ އެދިފަ އެވެ.




