ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
އެ ދެ މީހުންގެ ވީޑިއޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އެ ވީޑިއޯ އިން ފެންނަ ދެމީހުންނަކީ ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ހުޅުމާލެ ފޭސް 2 ވިނަރެސް 1 ކައިރި ރައުންޑް އެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ދެ މީހުން ކަމަށެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



