ހެޔޮ އަގުގައި ކަސްޓަމަރުންނަށް މުދާ ވިއްކުމަށް އެސްޓީއޯގެ ފަރާތުން ”މިނިވަން އުފާ ސޭލް“ ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
”މިނިވަންއުފާ ސޭލް“ ކެމްޕެއިން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މި ސޭލްގެ މައިގަނޑު ބޭނުމަކީ އެސްޓީއޯއާއި އާއްމުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ވިއްކާ ފޯރުކޮށްދިނުމެވެ.
މި ސޭލް ކުރިއަށްދާ ގޮތަކީ:
މި ސޭލް ކުރިއަަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސުން، 24 ޖުލައި 2025 ން 02 އޮގަސްޓް 2025 އާއި ދެމެދު ވިޔަފާރި ކުރައްވާ ފަރާތްތަކުގެ މެދުގައެވެ. އެގޮތުން މި މުއްދަތުގައި ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކުވެސް ގުރުއަތެއް ނެގި، ގުރުއަތުނަ ހޮވޭ 1 ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.




