ލޭ ޕެކެޓެއް ބޮޑު އަގުގައި ވިއްކަން އުޅުނު މައްސަލައެއް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ބަލަން ފަށައިފިއެވެ.
އެމްބީއެސް އިން އެ މައްސަލަ ބަލަން ފަށާފައިވާއިރު އިއްޔެ މީސް މީޑިއާގައި ދައުރުވި ޕޯސްޓެއްގައި ދެ ކިޑްނީ ފެއިލްވެފައިވާ ބަލި މީހަކަށް ’އޯ ޕޮޒިޓިވް‘ ލޭ ބޭނުންވާކަން ހާމަކޮށް ލޭ ހަދިޔާކުރުމުގެ ބަދަލުގައި މީހަކު ލޭ ޕެކެޓަކަށް 7،000 ރުފިޔާގެ އަގެއް ކިޔާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އަދި އޭނާގެ ޕޯސްޓުގައި ވަނީ އެއަގަށް ލޭ ގަތުމުގެ ތަނަވަސްކަން ނެތް ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެނގިފައިވާ ގޮތުގައި އެމްބީއެސްގެ ސަމާލުކަމަށް އެކަން އައުމާއެކު މިހާރު ވަނީ އެ މައްސަލަ ބަަލަން ފަށާފައެވެ.




