މިއަދު ހަވީރު އެއްގަމު އުޅަނދު ދުއްވުން އިއްޔެ މަނާކުރި ކުރުން ފުލުހުން ކެންސަލްކޮށްފިއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކާ މާލޭގައި މިއަދު ހަވީރު 3:00 އިން އިރުއޮއްސި 6:30 އަށް އިއްޔެ ވަނީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ ވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކަމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި މަނާކޮށްފަައިވާ ކެޓެގަރީގެ އުޅަނދު ދުއްވުމަކީ ”އެއްގަމު ދަތުރުފަތުރުގެ ޤާނޫނު“ 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމަށެވެ.
އަދި އަދި ދުއްވުން މަނާ ވަގުތުތަކުގައި ދުއްވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް މިއަދު ފުލުހުން ވިދާޅުވީ އެވަގުތުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރަން ނިންމި ނިންމުން މިހާރު ބަތިލު ކޮށްފައިވާ ކަމަށެވެ.




