ވެލާނާ އިންޓަނޭޝަލް އެއާޕޯޓު(ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޮޑު ސްކްރީނުން ބެލުމަށްޓަކައި މާލެ، ހުޅުމާލެ އާއި ވިލިމާލެ އަދި އައްޑޫ ހިމެނޭހެން، ޖުމްލަ އަށް ތަނެއްގައި އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެމްއޭސީއެލްއިން މިއަދު ބުނެފިއެވެ.
ވީއައިއޭގެ އާ ޓާމިނަލު، 9 އަހަރުގެ ދިގު އިންތިޒާރަކަށްފަހު މިރޭ ހުޅުވާއިރު، އެމްއޭސީއެލް އިން ދަނީ މި ހަރަކާތް ކުލަގަދަކޮށް ބޭއްވުމަށް ގިނަ ތައްޔާރީތަކެއް ވަމުންނެވެ.
މިރޭގެ އެ ރަސްމިއްޔާތު އަށް ޕްލެޓްފޯމަކުން ފެންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
އެގޮތުން މާލެއިން އާޓިފިޝަލް ބީޗް، ރާޅުގަނޑު ބްރިޖުވިއު ޕްލެޓްފޯމު، ލޮނުޒިޔާރަތް ޕާކް ބީޗް ސަރަހައްދު އަދި ރަސްފަންނު ސަރަހައްދުގައި މި ރަސްމިއްޔާތު ދައްކާލުމަށް ވަނީ ސްކްރީން ބަަހައްޓާފައެވެ.
މީގެއިތުރުން ހުޅުމާލެ ސެންޓްރަލް ޕާކް އަދި ފޭސް2 ހިޔާ ޕާކް، ވިލިމާލެ ފެރީ ޓާމިނަލް އަދި އައްޑޫ ފޭދޫ ބަނދަރުމަތީގައި ވެސް ވަނީ ސްކްރީން ބަހައްޓާފައެވެ.



