ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ރަސްމީ ޖަލްސާއާ ގުޅިގެން މާދަމާ ޓްރެފިކް ފްލޯއަށް ބަދަލެއް ގެންނަން ނިންމައިފިއެވެ.
ފުލުހުން ވިދާޅުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާ ގުޅިގެން މާދަމާ ފަތިހު 5:30 އިން ފެށިގެން ޖަލްސާ ނިމެންދެން މާލޭގެ ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
ޓްރެފިކް ފްލޯއަށް ބަދަލު އަންނަ ސަރަހައްދު:

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 8:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.
މީގެއިތުރުން މާދަމާ ރޭ 8:30 ގައި، މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގައި ބާއްވާ ފުޅަނދުބުރު އޮންނާނީ 28 ޖުލައި ވަނަ ދުވަހުގެ ރޭ 8:30 ގައި، ހުޅުމާލޭގެ ބޮޑެތި މަގުތަކުގައެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ.



