ކިޑްނީ ބަލިތަކުގެ ޑަޔަލިސިސް ޚިދުމަތަށް ޚާއްސަކޮށް ހުޅުމާލެ އޮރެންޖު ހިޔާގައި ހުޅުވި ޑަޔަލަސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީކޮށް މިއަދު އިފުތިތާހު ކޮށްދެއްވައިފިއެވެ.
މި ހަފުލާ އޮތީ އޮރެންޖް ހިޔާ ބިލްޑިންގގައެވެ.
މި ހަފުލާގައި ހުޅުމާލެ ޑަޔަލިސިސް ސެންޓަރ އިފުތިތާހުކުރުމުގެ ކުރިން، އައު ޢިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ.
އެ ސެންޓަރު ރަސްމީކޮށް އިފްތިތާހް ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ.
އެ ސެންޓަރުގައި ޖުމްލަ 30 އެނދު ހިމެނެއެވެ.
މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ މި ސެންޓަރުގެ ސަބަބުން ރާއްޖެއިން ބޭރަށް ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށްދާ ފަރާތްތަކަށް ރާއްޖެއިން ޚިދުމަތްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.




