ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލުން ކޮންމެ ދުވަހަކު ވެސް ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ ގޮތް ހަދައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި، މިއަދުގެ އަސްރު ނަމާދު ވަގުތުން ފެށިގެން އެެގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.
ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ވީއައިއޭގެ އާ ޓާމިނަލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެ ޓާމިނަަލް ތަރައްޤީކުރަން ދައުލަތުގެ ބަޖެޓުން ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައެވެ.




