ލ. މާވަށުގައި ވަޅިން ހަމަލާދީ މީހަކު މަރާލިކަމުގެ ތުހުމަރުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ކުރިން ވިދާޅުވީ، މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:12 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަނިޔާވިމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ނަލަހިޔާ / މޫސާ އިބްރާހިމް (29އ.) އެވެ.
މި މައްސަލައިގެ އަދާހަމައެއް ދެއްވަމުން ފުލުހުން ދާދި ދެންމައަކު ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން މި ހަމަލާއަކީ ދެމީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށެވެ.
އަދި މި މައްސަލައިގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް / މުޙައްމަދު އިބްރާހިމް (29އ.) ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.



