މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ދެކުނުގެ އަތޮޅުތަކަށް މިއަދު ހުދު ސަމާލު ނެރެފައިވަނީ މެންދުރު 1:45 އިން މިރޭ 7:45 އަށެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މޫސުމާބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ކުރިން ލަފާކޮށްފައެވެ.




