ފޭދޫ ފިނޮޅުގައި ތަރައްޤީކުރި ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓު ހުޅުވައިފިއެވެ.
މިއީ ދުސިތު އިންޓަރނޭޝަނަލް ބުރޭންޑުގެ ރިސޯޓެކެވެ.
މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ފުރައިގެން ސްޕީޑް ބޯޓުގައި 7 މިނެޓުގެ ދަތުރަކުން ދެވޭ ރިސޯޓެކެވެ.
އެ ރިސޯޓްގައި 127 ވިލާ ހުންނައިރު، އޭގެތެރޭގައި ބީޗް ފްރޮންޓް ވިލާތަކާއި، އޯވަރ ވޯޓަރ ވިލާތައް ހިމެނެއެވެ.
އަދި ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ ފަސް ރެސްޓޯރެންޓާއި ސްޕާގެ ޚިދުމަތާއި ކިޑްސް ކްލަބެއްވެސް އެ ރިސޯޓްގައި ހުރެއެވެ.



