ޗައިނާގެ ވެރި ރަށް ބީޖިންގަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 30 މީހަކު މަރުވެއްޖެއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން މިއަދު ރިޕޯޓު ކޮށްފައިވާ ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑަށް އަސަރު ކޮށްފައިވަނީ ބީޖިންގްގެ ފަރުބަދަތައް ހިމެނޭ ސަރަހައްދަށެވެ.
އެގޮތުން އެ ސަރަހައްދުގެ މީޔުންއިން 28 މީހަކު އަދި ޔަންކިންގް ސަރަހައްދުން ދެ މީހަކު މި ހާދިސާގައި މަރުވެފައިވާ ކަމަށް ރިޕޯޜުތަކުން ބުނެފައިވެއެވެ.
ޒިންހުއާ ނޫސް އޭޖެންސީން ބުނެފައިވަނީ ހޯމަ ދުވަހުގެ މެންދަމުން ފެށިގެން ބީޖިންގަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 30 މީހަކު މަރުވެއްޖެކަމަށް ރިކޯޑު ކުރެވިފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ބީޖިންގްއިން މިފަދަ ކާރިސާއެއްގައި އެންމެ ގިނަ މީހުން މަރުވި ކާރިސާ ކަމަށެވެ.
ހޯމަ ދުވަހުގެ މެންދަމުން ފެށިގެން މިހާތަނަށް ބީޖިންގަށް 542 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މީގެއިތުރުން މަގުތަކުގައި ފެންބޮަޑުވުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުން ބީޖިންގްގެ 80،000 އަށްވުރެ ގިނަ ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށް ވެސް ޒިންހުއާއިން ބުނެފައިވެއެވެ.



