40 މީހުނާއެކު ނައިފަރަށް ދަތުރުކުރި ބޯޓެއް އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ 40 މީހުންނާއެކު މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި ލައިފްލައިން ނަމަކަށް ކިޔާ ބޯޓެއް، ކާށިދޫގެ އިރުން އިންޖީނު ހުއްޓިފައިވާ ކަމަށެވެ.
”އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 08:15 ހާއިރު“ އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެހެންކަމުން އެ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.



