ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދަން އދ. ގައި މިހާރު ކުރިއަށް ގެންދާ ގައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ހާއްސަ ބައްދަލުވުމަށް އެމެރިކާއަށް ވަޑައިގަންނަވަން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ވިސާއަށް އެދިވަޑައިގަތުމުން ވިސާ ނުދީ އެ ގައުމުން ހިފަހައްޓައިފިއެވެ.
އެމެރިކާގެ ނިއު ރޯކްގައި މިހާރު ކުރިއަށްދާ ”ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން“ ގައި ރާއްޖެ ތަމްސީލް ކުރަން ނިންމެވީ ވެސް މިނިސްޓަރު ޝަހީމެވެ.
ނަމަވެސް އެމެރިކާއިން މިނިސްޓަރ ޝަހީމްއަށް ވިސާ ނުދީ ހިފެހެއްޓުމުން، އެ ބައްދަލުވުމަށް ދެން ރާއްޖެ ތަމްސީލު ކުރައްވަން ވަޑައިގެންނެވީ އދ. އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ.
އެނގިފައިވާ ގޮތުގައި ވިސާ ނަންގަވަން މިނިސްޓަރ ޝަހީމް ހުށަހެޅުއްވީ، އާންމު އުސޫލުގެ ދަށުން، ޝްރީ ލަންކާގައި ހުންނަ އެމްބަސީއަށެވެ.




