އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަ ހޮނިހިރު ދުވަހު އިންޓަވިއުކުރުމަށް ތާވަލުކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވެފައި މިވަނީ، އެ މްގާމުގައި ކުރިން ހުންނެވި މުއުތަސިމް އަދުނާން މިދިޔަ ހަފްތާގައި ރަސްމީކޮށް ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.
މުއުތަސިމް ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް މިދިޔަ އަންގާރަ ދުވަހު ވަނީ އިއުލާނު ކޮށްފައެވެ.
އެގޮތުން އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ:
° ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު
° ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
° ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)
އެ ތިން ބޭފުޅުންނާ ވެސް އަންނަ ހޮނިހިރު ދުވަހު ޖޭއެސްސީން އިންޓަވިއު ކުރުމަށް ވަނީ ހަމަޖެހިފައެވެ.


