ކުޅުދުއްފުށި ސިޓީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
އާރްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސީޓިގައި 3.4 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅާނެކަމަށެވެ.
އަދި ދުވާރު ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ރޯޑް މާރކިން އާއި ސައިން ބޯޑް ހަރުކުރުމާއި ކުޅުދުއްފުށި ސިޓީގެ ނަހަދާހުރި ހުރިހާ މަގެއް ޑިޒައިން ކުރުން މި މަޝްރޫޢުގައި ހިމެނޭ ކަމަށް އާރްޑީސީން ހާމަކުރެއެވެ.
މިއީ ހައުސިން އެންޑް ކޮންސްޓަރަކްޝަން މިނިސްޓްރީގެ ފަރާތުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 100.4 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.
އަދި އެއީ 730 ދުވަހުން ނިންމަން ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.



