ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ 13 މަޝްރޫޢުއެއް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިިމިޓެޑާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތައް އެ ކުންފުންޏާއި ހަވާލުކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
މިގޮތުން ފެނަކައާ ވަނީ ހ. ރ. ކ. ތ އަދި ލ އަތޮޅުގެ ބައެއް ރަށްތަކުގެ 13 މަޝްރޫޢުއެއް ހަވާލުކޮށްފައި ކަމަށް ސްޕޯޓްސް މިނިސްޓްރީން ހާމަކުރެއެވެ.
އޭގެތެރޭގައި ހިމެނެނީ 4 އައުޓްޑޯ ޖިމް، 3 ފުޓްސަލް ދަނޑު، 2 ހޭންޑްބޯޅަ ކޯޓު، 2 އައުޓްޑޯ ވޮލީކޯޓު އަދި 2 ފުޓްބޯޅަ ދަނޑެއްގެ ވަށާފާރާއި ފެންސް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތްތަކެވެ.



