ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްބާހު އަލީ ނަސީރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއްގެ މަޤާމަށް މިއަދު ބަދަލުކޮށްފިއެވެ.
އެޗްޑީސީން މިއަދު ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް އަސްބާހު އައްޔަނު ކުރުުމުން މަރުހަބާ ކިޔާފައެވެ.
މީގެ އިތުރުން އަސްބާހުގެ ލީޑާޝިޕްގެ ދަށުން އެ ކުންފުންޏަށް އިތުރު ކުރިއެރުންތައް ހޯދައިދޭނެ ކަމަށް އުންމީދުކުރާ ކަމަށް އެޗްޑީސީގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އާރްޑީސީގެ ޑީއެމްޑީ އަސްބާހު އެޗްޑީސީއަށް ބަދަލުކޮށްފައިވާއިރު މިދިޔަ މަހުގެ 30 ވަނަ ދުވަހު އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފައެވެ.



