ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝާހިދު، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް ބަދަލުކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޝާހިދުއަށް މަރުހަބާ ކިޔާފައެވެ.
އަދި ޝާހިދުގެ ލީޑާޝިޕްގެ ދަށުން އެ ކުންފުންޏަށް އިތުރު ކުރިއެރުންތައް ހޯދައިދޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ޝާހިދު އަކީ ދައުލަތުގެ މުއައްސަސާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
އޭގެ ތެރޭގައި ފެނަކައިގެ އައިޓީ ޑިޕާޓްމަންޓްގެ ހެޑުގެ މަގާމާއި އާރުއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ހިމެނެއެވެ.
މީގެ އިތުރުން ޝާހިދު ވަނީ ރާއްޖޭގެ ބައެއް ކޮލެޖުތަކުގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.



