ޔަހޫދީ އިޒްރޭލު ސިފައިން، އެހީ ހޯދަން ނިކުމެ އުޅުނު ފަލަސްތީނުގެ ކުޑަކުއްޖެއްގެ ލޮލަށް ބަޑިޖަހާ ޒަހަމް ކޮށްލައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އުމުރުން 15 އަހަރުގެ ޢަބްދުއްރަހްމާން އަބޫ ޖަޒާރް އިއްޔެ އޭނާގެ ޓެންޓުން ނިކުމެގެން ދިޔައީ، އޭނާއަށާއި އޭނާގެ އާއިލާއަށް ކާއެއްޗެއް ލިބޭތޯ ހޯދުމަށެވެ.
ނަމަވެސް އިޒްރޭލު ސިފައިން ވެރިވެގަނެފައިވާ ސައިޓަކާ އަރާ ހަމަވުމުން، އޭގެން އެކަކު ޢަބްދުއްރަހްމާންގެ ވާއަތު ލޮލަށް ވަނީ ބަޑި ޖަހާފައެވެ.
އެ ކުއްޖާގެ އެ ލޮލަށް ދެން ފެންނާނެހެން ހީނުވާ ކަމުގައި ޑޮކްޓަރުން ވަނީ ބުނެފައެވެ.
ޣައްޒާގެ ނަސްލު ނައްތާލުމުގެ ގޮތުން އިޒްރޭލުން ފަށާފައިވާ ގަތުލުއާންމާ ގުޅިގެން، ޣައްޒާގެ އެތައް ރައްޔިތުންނެއް ވަނޫ ހާލުގައި ޖެހި، މަރުވެގެން ގޮސްފައެވެ.
އެގޮތުން ކާބޯތަކެއްޗާއި ބޭސްފަރުވާ ލިބޭނެ މަގުތައް ބަންދު ކޮށްލާފައި ހުރުމުގެ ސަބަބުން ޣައްޒާގެ އެތައް ރައްޔިތުންނެއް މިހާރުވެސް ވަނީ ބަނޑުހައި ހޫނުކަމުގައި މަރުވެގެން ގޮސްފައެވެ.



