މިދިޔަ ޖުލައި މަހުގެ ނިޔަލަށް 69 ސައިކަލު ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުުލުހުން މިއަދު ވަނީ ގެއްލިގެން ރިޕޯޓުކުރި ބައެއް ތަކެތީގެ ތެރެއިން މިިދިޔަ ޖޫން މަހުގެ 1 އިން ފެށިގެން 30 ގެ ނިޔަލަށް ހޯދާފައިވާ ތަކެތީގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.
އެގޮތުން އެ މުއްދަތުގެ ތެރޭގައި 69 ސައިކަލު ހޯދައި އޭގެ ވެރިފަރާތާއި ކޮށްފައިވާ ކަމަށާއި އެ ސައިކަލުތަކުގެ ޖުމްލަ އަދަދު 3،412،530ރ. އަށް އަރާ ކަމަށް ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި ފައިސާގެއްލިގެން ހުށަހެޅި 43 މައްސަލައަކާ ގުޅިގެން 935،972ރ. ހޯދާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެ މުއްދަތުގެ ތެރޭގައި ގެއްލިގެން ރިޕޯޓުކުރި 213،932ރ. ގެ އަގުހުރި 22 މޮބައިލް ފޯނު ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެެވެ.
ހަމައެހެންމެ ގެއްލިގެން ރިޕޯޓުކުރި 168،850ރ. ގެ އަގުހުރި އިލެކްޓްރޯނިކްސް ސާމާނު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން މުއްދަތުގެ ތެރޭގައި އެހެނިހެން ތަކެތީގެ ގޮތުގައި 56 މައްސަލައަކާ ގުޅުން ހުރި ތަކެތި ހޯދާފައިވާ ކަމަށާއި އެއީ 179،225ރ. ގެ އަގުހުރި ތަކެތި ކަމަށް ފުލުހުން ބުނެފައި ވެއެވެ.




