އެޑެކްސެލް އަދި އެޗް.އެސް.ސީ އިމްތިހާނުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އައި.އޭ.އެލް އާއި އެޗް.އެސް.ސީ އިމްތިޙާނު ހަދާ ދަރިވަރުންގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ މި އިމްތިހާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން ކުރިއަށްދާނީ 2025 އޮގަސްޓް 03 ވާ އާދީއްތަ ދުވަހުން ފެށިގެން 2025 އޮގަސްޓް 12 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ.
އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ކައުންޓަރުން (ޢިއްޒުއްދީން ބިލްޑިންގ) އާއި ޑިޕާޓްމަންޓްގެ ވެބްސައިޓް (www.dpe.edu.mv) އިން ލިބެން ހުންނާނެއެވެ.
އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މެއިލް (info@dpe.edu.mv) ކުރެވޭނެ ކަމަށްވެސް ޕަބްލިކް އެގްޒޭމިނޭޝަނުން ބުނެފައި ވެއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ބަނޑޭރީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ފޯމު ޗެކް ކުރުމަށްފަހު، ފައިސާ ދެއްކުމަށް ބޭނުންވާ ލިންކު، އީމެއިލް މެދުވެރިކޮށް ފޮނުވާނެކަމަށެވެ.



