ހދ. ކުޅުދުއްފުށީގައި ފަތިހު ދުވަން ގޮސް އުޅުނު މީހަކު ފާޚާނާއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެ މިއަދު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހދ. ކުޅުދުއްފުށީ، ޖިފުޑި / ޙަސަން މޫސާ (67އ.) މިއަދު ފަތިހު 5:00 ހާއިރު ގެއިން ނިކުމެގެން ދުވަން ދިޔަ ގޮތަށް ޚަބަރެއް ނުވެގެން ހެނދުނު 10:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ހަސަން މޫސާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ކުޅުދުއްފުށި ޒޯން ސްޓޭޑިއަމް ފާޚާނާ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވީ، ހަސަން މޫސާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށާއި ބޭރުފުށުން އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



