ކަލާފާނު ސްކޫލުގައި ހަތަރު ލެބެއް ގާއިމް ކުރަން ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ މިއީ މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ) ގެ ދަށުން ކަލާފާނު ސްކޫލްގައި ތަރައްޤީކުރާ 4 ލެބު ކަމަށެވެ.
އެގޮތުން އެ ސްކޫލްގައި ގާއިމުކުރަން ހަމަޖެހިފައިވާީ ސައިންސް، އައިސީޓީ، ސްޓެމް އަދި ސްކިލް ލެބޯޓަރީ ގާއިމުކުރުމަށް ހަވާލުކޮށްފައި ވަނީ ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި، ޕެންސާރޭ މޯލްޑިވްސް އާއެކު އިއްޔެ މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފު މުޙައްމަދެވެ.


