ހއ. ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނީ ރަށް ރަށުގައި ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހއ. ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވާފައިވާ ކަމަށެވެ.
އެ ވޮލީބޯޅަ ކޯޓު ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.
ފިއްލަދޫ އައުޓްޑޯ ވޮލީކޯޓަކީ މި ސަރުކާރުން މަސައްކަތް ފަށައި، މި އަހަރުގެ ތެރޭގައި މަސައްކަތް ފުރިހަމަކޮށް ނިންމާފައިވާ ވޮލީބޯޅަ ކޯޓެއް ކަމަށް ސްޕޯޓްސް މިިނިސްޓްރީން ބުނެފައި ވެއެވެ.
ކުޅިވަރުގެ ވަސީލަތްތައްނެތް ރަށްރަށުގައި އެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައުޓްޑޯރ ޖިމް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ފަސޭހަކަމާއެކު ހެލިފެލިވެ ކަސްރަތުކުރުން އުޅޭވޭނެ މާހައުލެއްގައި އެފަދަ ވަޞީލަތްތައް ޤާއިމުކޮށްދިނުމާއެކު ކުދި ބޮޑު އެންމެނަށް ހެލިފެލިވެ ކަސްރަތު ކުރުމަށް ބާރުއެޅުމެވެ.




