”ގައުމީ ނިއުސް އެޖެންސީ“ އެއް އުފެއްދުމަށްޓަކައި، ޔޫތު މިނިސްޓްރީން ޕަބްލިކް ސާރވިސް މީޑިއާ(ޕީއެސްއެމް) އާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދުއެވެ.
އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.
“މި ފަހުމުނާމާގެ ދަށުން ގާއިމުކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ“ ޔޫތު މިނިސްޓްރީން ބުނެފައި ވެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ހިދުމަތަކީ، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ހަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ޚިދުމަތެއް ކަމަށެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ދެވޭ ޙިދުމަތް ފޯރުކޮށްދެވޭނީ ޕީއެސްއެމް އާއި މިނިސްޓްރީގެ ބައިވެރިވުން އޮންނަ ގޮތަށެވެ.
ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުތަކުގެތެރޭގައި ހިމެނޭ މުހިއްމު އެއް ވައުދެވެ.



