ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ހެލްތު މިިނިސްޓްރީގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ފެނަކައާ ހަވާލުކޮށްފައި ވަނީ ބ. މާޅޮސް އަދި ދޮންފަނުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށާއި ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށެވެ.
ބ. މާޅޮސް ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖާއި ސްޓޯރ ރޫމް އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރެވިގެންދާނެއެވެ.
ބ. ދޮންފަނު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖާއި ސްޓޯރ ރޫމް އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރެވިގެންދާނެއެވެ.
އެ ދެ ރަށުގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރަން ފެނަކައާ ހަވާލުކޮށްފައި ވަނީ 545 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި ދެ ރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތުގެ އަގަކީ 12.1 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ބ.ހިތާދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ލޯންޑްރީ އަދި ސްޓޯރ ރޫމް އިތުރު ކުރާނެއެވެ.
730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 33.7 މިލިއަން ރުފިޔާއެވެ.
މިނިސްޓްރީގެ ފަރާތުން މި ތިން ރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާޢިލް ޢަބްދުﷲ އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ.
އަރިހުގައި ދާއިރާގެ މެމްބަރު މުހައްމަދު ސިރުހާން ބައިވެރިވެ ވަޑައިގެންނެވިއެވެ.



