ޑުއަލް-ޔޫސް ތަކެތި ބެލެހެއްޓުމުގެ ޤާނޫނީ ކަންކަމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ކަސްޓަމްސްގައި ފަށައިފިއެވެ.
ކަސްޓަމްސް އިން ބުނީ ޔޫރަޕިއަން ޔޫނިއަންގެ ޕާޓްނަރޝިޕް ފޮރ ޕީސް (އީޔޫ ޕީ2ޕީ) ޕްރޮގްރާމްގެ މާހިރުންނާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޑުއަލް-ޔޫސް ތަކެތި ބެލެހެއްޓުމުގެ ޤާނޫނީ ކަންކަމާ ގުޅޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމް ނިމޭނީ މިއަދު ކަމަށާއި މި ތަމްރީނުން ބައިވެރިންނަށް އެކްސްޕޯޓް ކޮންޓްރޯލްތައް އަޕްޑޭޓްކޮށް، ސެކިއުރިޓީ ރިސްކްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ގުޅޭ މުހިންމު މަޢުލޫމާތު ލިބޭނެ ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.
ކަސްޓަމްސް އިން ބުނީ މި ތަމްރީން ޕްރޮގްރާމުގައި ކަސްޓަމްސް އަދި އެހެނިހެން މުހިންމު އިދާރާތަކުން 20 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.
މިގޮތުން މި ތަމްރީން ޕްރޮގްރާމަކީ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ތަކެތި ފެތުރުން ހުއްޓުވުމަށް އީޔޫގެ ގްލޯބަލް ސްޓްރެޓެޖީގެ ދަށުން ހިންގޭ މަސައްކަތެކެވެ.
އީޔޫގެ މި ޕްރޮގްރާމްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މާހިރުން ބައިވެރިވެއެވެ.




