ގެވެށި އަނިޔާގެ މައްސަލަައަކާއި ގުޅިގެން ބަލައި ފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ކުރާ ސާމާނު އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ 21:14 ހާއިރު ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން ހިޔާ ފްލްޓްގެ އެޕާޓްމަންޓެއް ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާރ ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން 242 ވޭޕް ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. ވޭޕް މަނާ ކޮށްފައި ވަނީ ކިޔަވާ ކުދިންނާއި ޒުވާނުން ވަރަށް ބޮޑަށް އެ ނުރައްކާތެރި ވަބާގައި ޖެހިފައިވާތީ އާންމު ޞިއްޙަތުގެ ދުޅަހެޔޮ ކަމަށްޓަކައެވެ



