ދިވެހިންނަށް އެކަނި ވިޔަފާރި ކުރެވޭނެ 20 ދާއިރާއެއް އަންނަ ސެޕްޓެމްބަރު މަހު އިއުލާންކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
“މި އިތުރުކުރެވޭ 20 ދާއިރާގެ ތެރޭގައި ގިނަ އަދަދެއްގެ ދާއިރާތައް ހިމެނޭ، މިއީ ރީޓެއިލް ވިޔަފާރިތަކުގެ އިތުރަށް ހިމެނޭ ދާއިރާތަކެއް“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ދާއިރާތައް އިއުލާނުކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅުގައި ކަމަށެވެ.
މީގެ އިތުރުން ދިވެހިންނަށް އެކަނި ވިޔަފާރި ކުރެވޭގޮތަށް ސަރުކާރުން ކަނޑައެޅި ކުރީގެ ލިސްޓަށް މި 20 ދާއިރާ އިތުރުވެފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



