ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަރަށް ޚާއްސަ ”ބެކް ޓު ސްކޫލް ޕްރޮމޯޝަން“ އެއް މިދިޔަ ބުދަ ދުވަހު ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދަނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެއެވެ.
އެގޮތުން، އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގަރ ބްރޭންޑްގެ ހުރިހާ އުފެއްދުމެއްވެސް ލިބެން ހުންނާނެއެވެ. ޑެވޮންޑޭލް އަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ހަށިގަނޑަށް ފައިދާ ހުރި ބްރޭންޑެކެވެ.
މީގެއިތުރުން، ކުއިކްބެރީ އަދި ނަބާޓި ބެރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓްތަކެއް ލިބެން ހުންނާނެ ކަމަަށް ވެސް އެސްޓީއޯއިން ބުންޏެވެ. ކުއިކްބެރީ ބެރޭންޑުގެ ”ޝުގަރ ފްރީ“ ބިސްކޯދަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ކަމުދާނެ ގޮތަށް ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ.
މި ޕްރޮމޯޝަންގެ ދަށުން، މި ބްރޭންޑްތަކުން 100 ރުފިޔާއަށްވުރެ ގިނައިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަންގެ ގުރުއަތު ނެގުން އޮންނާނީ ޕްރޮމޯޝަން ނިމުމަށް ފަހުގައެވެ.
ގުރުއަތުން ހޮވޭ ވަރަށް ޚާއްސަ 3 ފަރާތަކަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު ”ޕީކަބޫ“ ފިހާރައިގެ އަގުހުރި 3 ގިފްޓް ވައުޗަރ ލިބިގެން ދާނެއެވެ. އެގޮތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 5000ރ، 2 ވަނައަށް ހޮވޭ ފަރާތަކަށް 2500ރ އަދި 3 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 1500ރ ގެ ވައުޗަރެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިއްމު ގިނަ ސާމާނަކުން ބޮޑު ޑިސްކައުންޓްތަކެއް ވެސް ލިބިގެންދާނެއެވެ. ހަމަ އެއާއިއެކު ދެ ޕްރޮޑަކްޓެއް ގަތުމުން ހިލޭ އެކަތި ލިބުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބިގެންދެއެވެ.
މި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީޚަކީ އަންނަ ސެޕްޓެމްބަރު މަހުގެ 7ވަނަ ދުވަހެވެ.


