ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން މިއަދު ހެނދުނު ކަރަންޓު ކެނޑުމަަށްފަހު، މިހާރު ހުޅުމާލޭ ފޭސް 1 އަށް ކަރަންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ކުރިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށާއި އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
އެކަމުގެ އަދާހަމައެއް ދެމުން ސްޓެލްކޯއިން ދެންމެ ބުނީ މިހާރު ހުޅުމާލެ ފޭސް 1 އަށް ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށާއި ފޭސް 2 އަށް ކަރަންޓުގެ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން މާލޭގެ ބައެއް ސަރަހައްދުތަކަށް ވެސް މިހާރު ވަނީ ކަރަންޓު ދީފައެވެ.




