ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާން އުޅޭތީ އިންޑިއާގައި ނުދައްކަން ނިންމި ފިލްމު ”އަބީރް ގުލާލް“، އިންޑިއާއިން ބޭރު ޤައުމުތަކުގައި ރިލީޒް ކުރަން ނިންމައިފިއެވެ.
މި ފިލްމުގައި ފަވާދުއާއެކު ދެން އުޅެނީ ބޮލީވުޑްގެ ބަތަލާ ވާނީ ކަޕޫރް އެވެ.
މި އަހަރުގެ މެއި މަހުގެ 9ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ކުރިން ތާވަލުކުރެވުނު މި ފިލްމަކީ ގިނަ އަހަރުތަކަކަށްފަހު ބޮލީވުޑްގެ ފިލްމަކުން ފަވާދު ފެންނާނެ ފިލްމެވެ.
ނަމަވެސް އެއިރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހުނު މައްސަލަތަކަށްފަހު، މި ފިލްމު ރިލީޒް ކުރާނެ ދުވަހަށް ބަދަލުތަކެއް އައިސް ފަހުން އިންޑިއާގައި ނާޅުވަންވެސް ނިންމީއެވެ.
”އަބީރް ގުލާލް“ ބެލުންތެރިންނަށް ފެންނާނެކަމުގެ އުންމީދެއްވެސް ނެތިފައި ވަނިކޮށް، ބޭރުގެ އެހެން ޤައުމުތަކުގައި މި ފިލްމު ރިލީޒް ކުރަން ނިންމުމަކީ ބެލުންތެރިންނަށް ލިބުނު ހިތްހަމަޖެހުމެއްކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ފިލްމު ”އަބީރު ގުލާލް“ގެ ޓީޒާ ރިލީޒްކުރުމާ އެކު ވަރަށް ގިނަ ބަޔަކު ދިޔައީ މި ފިލްމު ރިލީޒްކުރާނެ ތާރީޚަކަށް އިންތިޒާރު ކުރަމުންނެވެ.



