މަސްތުވާތަކެތި ފޮރުވަން ޕިކަޕެއްގައިި ތަތްކުރި މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 30 އަަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައި ބުނީ ތުހުމަތުކުރެވޭ މައްސަލައިގައި ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށާއި ފުލުހެއްގެ ބަޔާނުން އެނގޭގޮތުގައި އޭނާ ހުރި ތަނުގައި އޮތް ޕިކަޕެއްގައި ތަތްކޮށްފައިހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓްތަކަކީ އޭނާ ގެންގުޅުނު ތަކެތި ކަމަށް ބެލެވޭ ކަމަށެވެ.
އަދި ކޯޓު އަމުރުގައި ވަނީ އޭނާ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށްވެސް ބުނެފައެވެ.
އެހެންކަމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.




