ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 33 ގުރާމަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފިއެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 8ވަނަ ދުވަހު އެވެ.
އެ އޮޕަރޭޝަނުގައި، ވިލިމާލެ ފްލެޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އަދި އޭގެ ވަގުތީ ބަރުދަނަކީ 33.41 ގުރާމުކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފަނުވާ އިރު މި މައްސަލަ ވިލިމާލެ ޕޮލިހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




