ސްކޫލުތަކުގެ ޓީޗަރުންނާއި ސްޓޭކްހޯލްޑަރުންނަށް އަމާޒުކޮށްގެން ދިވެހި ސައިން ލޭންގުއޭޖް ޓްރެއިނިންގ އެއް ކުރިޔަށް ގެންދިއުމަށް ކޮންސަލްޓަންޓެއް ހޯދަން އިއުލާނުކޮށްފިއެވެ.
ކޮންސަލްޓެންޓެއް ހޯދަން އިއުލާނުކޮށްފައި ވަނީ 2025 އޮގަސްޓު 7 ވީ ބުރާސްފަތި ދުވަހު އެވެ.
މި އިޢުލާނުގައިވާ ގޮތުން ޕްރޮޖެކްޓަށް އެދޭ ފަރާތްތަކުން ލިންކު (https://forms.moe.gov.mv) މެދުވެރިކޮށް ”ބިޑް ރަޖިސްޓްރީ ފޯމު“ ފުރިހަމަކުރަން ވަނީ އެދިފައެވެ.
އަދި އެ ފޯމު މެދުވެރިކޮށް 2025 އޮގަސްޓު 13 ވަނަ ދުވަހުގެ 23:59ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
ހަމަ އެހެންމެ އެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ފަހު، 2025 އޮގަސްޓު 18 ވަނަ ދުވަހުގެ 11:00ގެ ކުރިން ލިންކު (https://bit.ly/4m5WhPu) މެދުވެރިކޮށް ”ޓަރމްސް އޮފް ރެފަރެންސް“ ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮކިއުމަންޓް ސެކްޝަނަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮގަސްޓް 13 ވަނަ ދުވަހުގެ 23:59ގެ ކުރިން އީމެއިލް (procurement@moe.gov.mv) އަށް ސުވާލު ފޮނުވަން ވާނެ ކަމަށް ވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.




