މަރުކަޒީ ބޭންކް ކަމަަށްވާ މޯލްޑިވްސް މޮނިޓަރީ އޮތޯރިަތަި (އެމްއެމްއޭ) އިން، އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މާސްޓާސް ފެންވަރަށް ކިޔެވުމަށް 15 ފަރާތަކަށް ސްކޮލާޝިޕް ދޫކޮށްފިއެވެ.
މި ސްކޮލާޝިޕްތައް ރަސްމީކޮށް ހަވާލު ކޮށްދެއްވީ އެމްއެމްއޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
ވިޔަފާރިތަކާ، އިޖްތިމާއީ އިގްތިސާދީ ތަރައްގީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ 15 ސްކޮލާޝިޕްގެ ތެރެއިން 5 ސްކޮލާޝިޕަކީ ފުލީ ފަންޑެޑް ސްކޮލާޝިޕެވެ. އަދި 10 ސްކޮލާޝިޕަކީ ޕާޝަލް ފަންޑެޑް ސްކޮލާޝިޕެވެ.
އެމްއެމްއޭ އިން ބުނީ މި ސްކޮލާޝިޕަށް ހޮވުނު މީހުންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވާސިޓީ އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ސްކޮލާޝިޕްތަކަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި އެ ދާއިރާ އިން މީހުން ބިނާކުރުމަށް އެމްއެމްއޭގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.




