ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށުމަށް، ބ. އަތޮޅުގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހެއް މިއަދު ހުޅުވައިފިއެވެ.
ބ. އޭދަފުށީގައި މި އޮފީސް ހުޅުއްވައިދެއްވީ، އެ އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ަޑރ. މުޙައްމަދު މުޢިއްޒު، އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ ރަށަށް މިއަދު ވަޑައިގެންނެވެ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް މިއަދު ހުޅުއްވައިދެއްވީ ވެސް އެމަނިކުފާނެވެ.
ބ. އަތޮޅު އިމިގްރޭޝަން އޮފީސް މިއަދު ހުޅުވުމާއެކު އެ އޮފީހުގެ ފުރަތަމަ ޕާސްޕޯޓު ދޫކޮށްފައިވަނީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަށެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ޕާސްޕޯޓުގެ ޚިދުމަތް ފަސޭހައިން ލިބި، އިމިގްރޭޝަން އޮފީހެއް ޤާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ އެއް ވަޢުދުފުޅެކެވެ.




