ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.
އެ ހިދުމަތް ބ. އަތޮޅު ހޮސްޕިޓަލުގައި ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އޭދަފުއްޓަށް މިއަދު ވަޑައިގެންނެވެ.
މެމޮގްރަފީ އަކީ އުރަމަތީ ކެންސަރުގެ އެއްވެސް އަލާމާތެއް ބޭރުފުށުން ނުފެންނަ އިރު، އެ ބާވަތުގެ ކެންސަރު ޖެހިފައި ހުރިކަން ދެނެގަންނަން ހަދާ ޓެސްޓެކެވެ.
މެމޮގްރަފީގެ ހިދުމަތާ އެކު، އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ހިދުމަތް އިތުރަށް ބ. އަތޮޅުގައި ފުޅާވާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް މިއަދު ފަށާފައިވާއިރު، އެ ހޮަސްޕިޓަލުގެ އައު އިމާރާތް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ރޭގައި ވަނީ ހަވާލު ކޮށްފައެވެ.




